ވިލިމާލޭގައި މިއަދު ހިންގި ގުރޫޕް މާރާމާރީއެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ، ވިލިމާލެ، ކަނދޮޅުމާގޯޅީގަައި ދެ ގްރޫޕެއްގެ މެދުގައި މާރާމާރީ ހިންގި މައްސަލަ މިއަދު 15:12 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި ހަތަރު މީހަކަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ، އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ 18 އަހަރާއި، 27 އަހަރާއި، 31 އަހަރު އަދި 22 އަހަރުގެ ދިވެހި ހަތަރު ފިރިހެނުން ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.