ނޮން ރެޒިޑެންޓް ސަފީރުންގެ ގޮތުގައި 3 ބޭފުޅަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

ނޮންރެސިޑެންޓް ސަފީރުންގެ ގޮތުގައި ބޭފުޅުން އައްޔަންކުރައްވާފައިވަނީ ސައުތު އެފްރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް އައްޔަން ފާސްކޮށްފައި ވަނީ ހ. މީނާޒް ހާލާ ހަމީދުގެ ނަމެވެ.

ޗެކް ރިޕަބްލިކްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް، ގުލްޒާރުގެ، ގދ. ތިނަދޫ އާމިނަތު އަބްދުﷲ ދީދީ އަދި ރިޕަބްލިކް އޮފް މޮރިޓޭނިއާ އާއި ކެންޔާއަށް އައްޔަންކުރަން ފާސްކުރީ ހ. އަތިރީގެ އަމީން ޖާވީދު ފައިސަލްއެވެ.

މި ޤައުމުތަކަށް ބޭފުޅުން އައްޔަންކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވި، 64 މެމްބަރުންގެ އިއްތިފާގުންނެވެ.