ބ. ކަމަދޫ ސްކޫލުގެ އާއިމާރާތް ބިނާ ކުރުމުގެ މަޝްރޫއު މި އަހަރުގެ ދެވަނަ ޓާމް ކުރީ ކޮޅު ފެށޭނެ ކަމަށް ތަޢުލީމާއި، މަތީތަޢުލީމާއި ހުނަރުތައް ތަރައްްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވަނީ، ކަމަދޫގައި އިމާރާތްކުރުމަށް ވައުދުވެފައިވާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް މިހާތަނަށް އެއްވެސް ވަރަކަށް ކުރިއަށް ނުދާ ސަބަބަކީ ކޮބާތޯއާއި މި ދައުރުގައި މި ސްކޫލްގެ މަސައްކަތް ނިންމާ ދަރިވަރުންނަށް ބޭނުންކުރެވޭނެ ތާރީޚަކީ ކޮބާތޯ ސުވާލުކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ލިބިފައިވާ ޖާގައިގެ ތެރޭގައި އިމާރާތް ޑިޒައިންކުރުމުގެ މަސައްކަތް ނިމި ސްޓްރަކްޗަރަލް ކުރުހުން މިހާރުވަނީ ނިމިފައިކަމަށެވެ.
ބ. ކަމަދޫ ސްކޫލުގެ އާމަޝުރޫއަކީ ދެ ކްލާސްރޫމް އަދި އޮފީސް އިމާރާތެއް ކުރިއަށް ގެންދާ ގޮތަށް ނިންމާފައިވާ މަޝްރޫއުއެކެވެ. 2023 ވަނަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ވެރިކަން ލިބުނު އިރު މި ދަންނަވާ އިމާރާތް ނިމުމަށް ބޭނުންވާ އަދަދަށް ފައިސާ އޭރުގެ މަޖިލީހުން 2024 ވަނަ އަހަރަށް ބަޖެޓްކޮށްފައި ނުވާ ކަމަށެވެ.
ކަންމިހެން ހުރުމުން މި ޕްރޮޖެކްޓާއި އަދި މިފަދައިން އެކަށީގެންވާ އަދަދަށް ފައިސާ ނުހިމަނާ ހުރި ޕްރޮޖެކްޓްތަށް ހިމެނޭ ގޮތަށް 2024 ވަނަ އަހަރު ތައުލީމީ ދާއިރާ އިންފްރާސްޓަރުޗާ ޕްލޭނެއް އެކުލަވާލެވިފަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި އިމާރާތް ކަނޑައެޅިފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހުރުމާއެކު ލިބިފައިވާ ޖާގައިގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ޑިޒައިންއެއް އެކުލަވާލުމާ ފަންނީ ގިނަ މަސްކަތް ތަކެއް ކުރެވުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، މިފަދަ ފަންނީ ކޮންމެ ކަމަކީ ޕްރޮޖެކްޓާއި ސީދާ ގުޅުން ހުރި ކަންތައްތައް ކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެހެން ކަމުން އިމާރާތް ކުރުމާއި ގުޅޭ އެއްވެސް މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުދެޔޭ ދެންނެވޭ ކަށް ނެތެވެ.