ހުޅުމާލޭގެ ދުވާރުތަކުގައި އުޅަނދު ޕާކުނުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފި އެވެ.

ހުޅުމާލޭގެ ދުވާރުތަކުގައި އުޅަނދު ޕާކުނުކުރަން އިލްތިމާސްކޮށްފި
ހުޅުމާލޭގެ ދުވާރުތަކުގައި އުޅަނދު ޕާކުނުކުރަން އިލްތިމާސްކޮށްފި

ފުލުހުން ބުނީ ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ސަރަހައްދުތަކުގައި އުޅަނދު ޕާކުނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 55 ވަނަ މާއްދާގައިވާ ގޮތުން، ފައިމަގުގައި ހިނގުމަށް ހާއްސަކުރެވިފައިވާ ދުވާރުތަކާއި ސަރަހައްދުތަކުގައި، ކުޑަކުދިންގެ ޕްރޭމާއި އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންކުރާ، އިންސާނީ ހަކަތަ ބޭނުންކޮށްގެން ދުއްވާ ފުރޮޅުލީ ގޮނޑި ފިޔަވައި، އެހެން އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުމަކީ ނުވަތަ ޕާކުކުރުމަކީ ގާނޫނީގޮތުން މަނާކަމެކެވެ.

ހުޅުމާލޭގެ ދުވާރުތަކުގެ ދެ ފަރާތުގައި ގަވާއިދާ ހިލާފަށް ގިނަ އުޅަނދުތަކެއް ޕާކުކޮށްފައިހުރެ އެވެ.

ފުލުހުން އަންނަނީ ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ކުރަމުންނެވެ.