24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިއާދަކުރަނިވި ހަކަތަ އުފައްދަން ނިންމާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މިނިސްޓްރީގެ އެސްޕަޔަރ އަދި އެރައިސް ޕްރޮޖެކްޓްގެ ދަށުން 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިއާދަކުރަނިވި ހަކަތަ ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި މަޝްރޫއުގެ ސަބަބުން ފޮސިލް ފިއުލް އަށް ބަރޯސާވުން މަދުކުރެވިގެން ދާނެ ކަމަށާއި، ގައުމުގެ އަމާޒަށް ވަރަށް ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ވުޒާރާއިން ބުނީ، 2028 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައިން 33 އިންސައްތަ ކަރަންޓް އުފެއްދުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަޒު މުއިއްޒުގެ އަމާޒެއްކަމަށެވެ.