ސަރުކަރުގެ ވިސްނުމަކީ އަމިއްލަ ބިންތައް ވިޔަފާރި ބޭނުމަށް ވެސް ބޭނުން ކުރެވޭ ގޮތް ހެދުންކަމަށް ގެދޮރުވެރިކަމާއި އުމުރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ހިޔާ ޓަވަރުތަކަށް ލިފްޓުތައް އިތުރުކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، އެޗްޑީސީގެ މިހާރު ހުޅުމާލޭގައި ހުރި ބިންތަކަށް ބަލާ އިރު، އެ ބިންތަކުން ރައްޔިތުންނަށް އެ ބޭނުންވާ ހިދުމަތްތައް ފޯރު ކޮށްދިނުމަށް ރައްޔިތުންނަށް އެ ބޭނުންވާ ވިޔަފާރީގެ ކަންތައްތައް ކުރުމަށާއި، އެހެނިހެން ކަންތައްތައް ކުރުމަށް އެކަށީގެންވާ ބިމެއް ނެތް ކަމަށެވެ.

ހުޅުމާލެ ފޭސް ދޭކާ ފޭސް ތިނަކުން މާލޭގެ ރައްޔިތުންނަށް 2000 ވުރެ ގިނަ ގޯތިތައް ދީފައިވާކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކަށް މިހާރު ވާން ޖެހޭނީ ރައްޔިތުންނަށް ފޯރު ކޮށްދޭން ޖެހޭ ކޮންމެ ހިދުމަތަކީ އެޗްޑީސީގެ ބިމަކުން ފޯރު ކޮށްދޭ ހިދުމަތަކަށް ވާން ނުޖެހޭ ކަމަށެވެ.

އެގޮތުން ރައްޔިތުންނަށް ދޫކޮށްފައިވާ ބިންތަކުން ވިޔަފާރީގެ އުސޫލުން ތަރައްގީ ކޮށްގެން އެ ބިންތަކުން ފައިދާ ހޯދާ އެ ތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ހިދުމަތް ލިބޭނެ މަގު ތަނަވަސް ކޮށްދޭން ޖެހޭ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"އެހެން ނަމަވެސް ސަރުކާރުގެ ވިސްނުމަކީ އަމިއްލަ ފަރާތްތަކުން އިންވެސްޓްކޮށްގެން ކުރާ ކަންތައްތަކުން އަމިއްލަ ފަރާތްތަކުގެ ބިންތައް ބޭނުންކޮށްގެން ހުޅުމާލޭގެ ފޭސް ދޭއްގައި އުޅޭ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އެއީ ޕްރީ ސްކޫލެއް ކަމުގައިވީނަމަވެސް، އެއީ ކްލިނިކްތަކެއް ކަމުގައިވީ ނަމަވެސް، އެއީ ޝޮޕިން ކޮމްޕްލެކްސްތައް ކަމުގައިވީ ނަމަވެސް، އެހެނިހެން ވިޔަފާރިތަކުގެ ކަންކަން ކަމުގައިވީ ނަމަވެސް، އެ ކަންތައްތައް އެބަޖެހެޔޭ ހޯދުމުގެ ފުރުސަތު ލިބެން،"

ގެދޮރުވެރިކަމާއި އުމުރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް

އެހެން ކަމުން ވަޒީރު އިތުރައް ވިދާޅުވީ، އެކަމުގެ ސަބަބުން ފައިދާ ވާނީ ބިންތައް ލިބިފައިވާ ފަރާތްތަކައް އެކަނި ނޫން ކަމަށާއި، އެއާ އެކު ހުޅުމާލޭގެ އިގްތިސާދު ތަރައްގީވެ، ވަޒީފާތައް އުފެދި މި ތަނުގަ ވިޔަފާރިތައް އުފެދިގެންދާނެ ކަމަށެވެ.

އެހެންކަމުން ވަޒީރު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރާނީ ރައްޔިތުންނަށް ތަނަވަސްކަން ލިބޭ ގޮތަށް ބިންތައް ބޭނުންކުރެވޭނެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ކަމަށެވެ.