ވޭތުވެދިޔަ ހަފުތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކާތަކުގެ 15 ހާދިސާއަކަށް އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސް އިން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައި ވާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ 28 ޖޫން އިން ފެށިގެން 4 ޖުލައި އަށް 15 ހާދިސާ އަކަށް އެހީތެރިކަން ފޮރުކޮށްދީފައިވާނެ ކަމަށެވެ.
އެގޮތުން ހިނގާފައިވާ ހާދިސާތަކަށް ބަލާލާއިރު، 9 އަލިފާނުގެ ހާދިސާ، ހެޒްމެޓްގެ 1 ހާދިސާ، ރެސްކިއު ކުރުމުގެ 1 ހާދިސާ، މެޑް އެވެކްގެ 4 ހާދިސާ އެއް ހިމެނެ އެވެ.
މީގެ އިތުރުން އެ ހާދިސާތަކުން، 13 ހަދިސާއެއްގައި ހަރަކާތްތެރި ވެފައިވަނީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ކަމަށާއި، 2 ހާދިސާއެއްގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް ސަދަރން އޭރިއާ ކޮމާންޑުން ކަމަށްވެސް މައުލޫމާތުދެއެވެ.