ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ 250 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

‏‎ވަޒީރުގެ މެސެޖު ވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި ވަޒީރުގެ ނަމުގައި އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯށާއި އެމެރިކާގެ ސަރުކާރަށާއި ރައްޔިތުންނަށް، އެމެރިކާގެ 250 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކޮއްފައެވެ.

އަދި ފާއިތުވި 60 އަހަރުގެ ތެރޭގައި، ދެ ޤައުމުގެ ދެމެދުގައި އޮތީ އިޙްތިރާމާއި، އިތުބާރާއި ވަރުގަދަ ބިންގަލެއްގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ ގުޅުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އުއްމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި މަނިކުފާނާ ގުޅިގެން ދިވެހިރާއްޖެ އާއި އެމެރިކާ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.