މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގެ ތެރެއިން މިރޭވެސް ހުޅުމާލޭގައި ހަވާއަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

މި އެކްސްޕޯގެ ތެރެއިން ރޭވެސް ވަނީ ހަވާއަރުވާފަ އެވެ.

އެމްއެންޑީއެފްއިން ބުނީ، މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި މިރޭ 22:00 ހާއިރު، ހުޅުމާލޭ އިރުމަތީ ފަރާތު ބޭރުން މޫދުގައިގައި ހަވާއަރުވާނެ ކަމަށެވެ.

ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށް ދާނީ 5 މިނެޓެއް ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއަކީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން އިންތިޒާމުކުރާ އެކްސްޕޯއެކެވެ.

އެމްއެމްއޭގެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ބުރާސްފަތި ދުވަހު ފަށާފައިވާއިރު، ހޮނިހިރު ދުވަހުގެ ނިޔަލަށް މި އެކްސްޕޯ ކުރިއަށްދާނެއެވެ.