މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގެ ތެރެއިން މިރެއާއި މާދަމާ ރޭ ހުޅުމާލޭގައި ހަވާއަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފްއިން ބުނީ، މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި މިރޭ ހަވާއަރުވާނީ 22:00 ހާއިރު، ހުޅުމާލޭ އިރުމަތީ ފަރާތުގައި ކަމަށެވެ.
ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށް ދާނީ 3 މިނެޓެއް ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއަކީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން އިންތިޒާމުކުރާ އެކްސްޕޯއެކެވެ.
އެމްއެމްއޭގެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ބުރާސްފަތި ދުވަހު ފަށާފައިވާއިރު، ހޮނިހިރު ދުވަހުގެ ނިޔަލަށް މި އެކްސްޕޯ ކުރިއަށްދާނެއެވެ. އެ އޮތޯރިޓީން ބުނި ގޮތުގައި، އެކްސްޕޯ މިއަދު ކުރިއަށް ދާނީ ކުޑަކުދީންނަށް ޚާއްސަ ގިނަ ކަންތައްތަކެއް ހިމަނައިގެން ކުޑަކުދިންގެ ހަވީރަކާއެކުއެވެ.