ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ކޯލް ސެންޓަރެއް އައްޑޫގައި ޤާއިމްކޮށް ޚިދުމަތް ދޭން ފަށައިިފިއެވެ.

ސިއްޙީ ވުޒާރާއިން ބުނީ މިއަދުން ފެށިގެން އެންސްޕާގެ ކޯލް ސެންޓަރުގެ ޚިދުމަތުގެ ގަޑިތައް އިތުރުކޮށްފައިވާކަމަށެވެ.

މިގޮތުން ކުރިން ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ދެމުންދިޔަ ހިދުމަތް، މިއަދުން ފެށިގެން ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހަކުވެސް ހެނދުނު 8:00 އިން ރޭގަނޑު 10:00 އާ ހަމައަށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

އެންސްޕާގެ ހޮޓްލައިން ނަންބަރު 1402 މެދުވެރިކޮށް އެ އެޖެންސީން ފޯރުކޮށްދޭ މާލީ އެހީތެރިކަމުގެ ޕްރޮގްރާމްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބޭ އިނާޔަތްތަކާ ގުޅޭ މައުލޫމާތު ސާފުކުރެވޭނެއެވެ. އަދި މެޑިކަލް ވެލްފެއާ އާއި ބޭހުގެ އެހީތެރިކަމާއި، ފޯމު ފުރުމުގައި އެހީތެރިކަން ހޯދުމާއި، އެންސްޕާގެ ޚިދުމަތްތަކާ ގުޅޭ އެކި މައުލޫމާތުތައް މި ނަންބަރު މެދުވެރިކޮށް އޮޅުންފިލުވޭނެ ކަމަށް އެ އެޖެންސީން ބުނެއެވެ.

މީގެ އިތުރުން އެންސްޕާގެ ޚިދުމަތްތަކަށް މިހާރު ވަން ގަވް މެދުވެރިކޮށް ވެސް ފޯމު ހުށަހެޅޭނެއެވެ.