ހުޅުމާލެ ފޭސް 2 ގައި ބަޔަކު ހަމަނުޖެހުން ހިންގައިފިއެވެ.

މި މައްސަލައާއި، ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓް 11 އާއި 12 އާ ދެމެދު އޮންނަ ސަރަހައްދުގައި ހަމަނުޖެހުމެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު، މިއަދު ހަވީރު 17:33 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ހަމަނުޖެހުން ހިންގި މީހުން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަންޒަރުދުއް މީހަކު ވީ ނިއުސްއަށް މައުލޫމަތުދެމުން ބުނީ، މި ހަމަނުޖެހުން ހިންގި މީހުން އެ ސަރަހައްދުގައި ހުރި ސައިކަލު ތަކަކަަށް ވެސް ގެއްލުންދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށެވެ.