ނ.ކުޑަފަރީ ކައުންސިލާ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު ބައްދަލުކުރެއްވައިފިއެވެ.
އޮންލައިންކޮށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ވުޒާރާއިން ކުރިއަށްގެންދާ ފަރުމަސްވެރިކަމާއި، ދަނޑުވެރިކަމުގެ އިތުރުން މެރިކަލްޗަރ މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތާއި އަދާހަމަ ވަނީ ޙިއްޞާކުރައްވާފައެވެ.
އަދި އެ ވުޒާރާއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަންކަން ކައުންސިލުގެ ފަރާތުން ވަޒީރާއި ވަނީ ހިއްސާކުރައްވާފައެވެ.
ނ. ކުޑަފަރީ ކައުންސިލާ ވަޒީރު ބައްދަލު ކުރައްވާފައިވާ އިރު، އެ ވުޒާރާއިން ދަނީ މަސްވެރިކަމުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް ގިނަ މަސަކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޒުވާނުން މަސްވެރިކަމަށް ޝައުގު އުފައްދަން ޕްރޮގްރާމްތަކެއް އެ ވުޒާރާއިން ކުރިއަށްގެންދަމުންދާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.