މިހާރު ކުރިއަށްދާ ފީފާ ވޯލްކަޕް 2026 އާ ގުޅިގެން، މޯލްޑިވްސް ޕޯސްޓްގެފަރާތުން އެކްސްޕްރެސް މެއިލް ސަރވިސް (އީއެމްއެސް) އިން ހާއްސަ ޕްރޮމޯޝަން ފަށައިފިއެވެ.

މޯލްޑިވްސް ޕޯސްޓުން ބުނީ 19 ޖުލައި 2026 އާ ހަމައަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ރާއްޖެއިން ބޭރަށް ފޮނުވާ ކޮންމެ ޝިޕްމަންޓަކަށް %26ގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

އެކްސްޕްރެސް މެއިލް ސަރވިސް އަކީ ދުނިޔޭގެ އެކިކަންކޮޅުތަކަށް 3 ދުވަހާ 5 ރަސްމީ ދުވަހުގެތެރޭގައި ޑެލިވަރ ކުރެވޭނެ ސަރވިސްއެކެވެ.

އީއެމްއެސް މެދުވެރިކޮށް 177 ގައުމަށް ތަކެތި ފޮނުވޭނެއެވެ. އީއެމްއެސްގެ ޚިދުމަށް މޯލްޑިވްސް ޕޯސްޓްގެ ކޮންމެ އައުޓްލެޓަކުންވެސް ލިބޭނެއެވެ. އަދި މޯލްޑިވްސް ޕޯސްޓްގެ ވެބްސައިޓް މެދުވެރިކޮށް "ޕޯސްޓޭޖް ކަލްކިއުލޭޓަރ" އެހީގައި ކަސްޓަމަރުންނަށް ތަކެތި ފޮނުވުމުގެ އަގު ބަލާލެވޭނެ ކަމަށާއި ޑިސްކައުންޓް ޕްރޮމޯޝަންއާއެކު ސްކޯ ޕްރިޑިކްޝަން އިވެންޓްއެއްވެސް މޯލްޑިވްސް ޕޯސްޓްގެ ފޭސްބުކް އަދި އިންސްޓާގްރާމްގައި ކުރިއަށްދާނެ ކަމަށް ޕޯސްޓުން ހާމަކުރެއެވެ.

މި އިވެންޓްގައި ބައިވެރި ވުމަށް ކޮންމެ މެޗްއެއްގެ ދެވަނަހާފް ފެށުމުގެ ކުރިން މޯލްޑިވްސް ޕޯސްޓްގެ ފޭސްބުކް އަދި އިންސްޓާގްރާމްގައި ހިއްސާކުރެވިފައިވާ، އެ މެޗްއަކަށް ހާއްސަ ޕޯސްޓްގައި ސްކޯޕްރިޑިކްޝަން ކޮމެންޓްކުރަން ޖެހޭނެއެވެ.

ދެވަނަ ހާފްގެ ފަހުން އަދި އޮރިޖިނަލް ކޮމެންޓް އެޑިޓްކުރެވިފައިވާނަމަ އެކޮމެންޓް ބާތިލްވާނެ ކަމަށްވެސް ޕޯސްޓުން ބުނެއެވެ.

އެންމެ ގިނައިން ސްކޯދިމާކުރާ ފަރާއްތަކަށް، މޯލްޑިވްސް ޕޯސްޓްގެ ފަރާތުން އަގުހުރި ހަދިޔާތަކެއް ލިބޭނެކަމަށްވެސް ޕޯސްޓުން ބުނެފައި ވެއެވެ.

މިގޮތުން ސްޓޭޖް އެކެއްގެ ނަސީބު ވެރިއަކަށް ޕޯޗްގަލް ޖާރޒ،ީ ދެވަނަ ސްޓޭޖްގެ ނަސީބުވެރިއަކަށް ފްރާންސްގެ ޖާރޒީ އަދި މުޅި އިވެންޓްގެ ނަސީބުވެރިއަކަށް ފީފާ ވޯލްޑްކަޕް ހިސްޓްރީ ބޯލްސެޓް އަދި 20 ކިލޯގެ އީއެމްއެސް ވައުޗަރެއް ލިބޭނެ ކަމަށް ޕޯސްޓުން ހާމަކުރެއެވެ.