މއ. ސުއްކަތުރާގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރު ކޮށްގެން މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީފީއަށް ލިބުނީ މިއަދު 09:42 ހާއިރު ކަމަށާޢި އެމްއެންޑީއެފުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 10:12 ހާއިރުއެވެ.

މިހާދިސާގައި އަލިފާން ރޯވެފައިވަނީ އެގޭގެ ބަދިގެއާއި ސިޓިންރޫމް ހިމެނޭ ބައިގައިހުރި ކަބަޑު ސެޓެއްގެ ތިރީ ބައިގައެވެ.

ސުއްކަތުރާގޭގައި ރޯވި އަލިފާން މިހާރު ނިއްވާލެވިފައިވާ ކަމަށާއި މިހާރު ކުރަމުންދަނީ ދުން ބޭރުކުރުމުގެ މަސައްކަތްކަމަށްވެސް އެންއެންޑީއެފުން ވިދާޅުވެއެވެ.