އާންމުކޮށް ބޭނުންވާ ނާރސިންގ ފަރުވާތައް ރައްޔިތުންނަށް ލުއި ފަސޭހަކަމާއެކު އަވަހަށް ފޯރުކޮށްދިނުމަށްޓަކައި "އައުޓްޕޭޝަންޓް ނާސިންގް ސާވިސަސް" ހުޅުމާލެ ހޮސްޕިޓަލުގައި ފަށައިފިއެވެ.

އިއްޔެ އެ ހޮސްޕިޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ހިދުމަތް ތައާރަފްކޮށްދެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އެވެ.
އައުޓްޕޭޝަންޓް ނާސިންގް ސާވިސަސް"ގެ ދަށުން ފޯރުކޮށްދޭނެ ޚިދުމަތްތަކުގެ ތެރޭގައި:
އިންޖެކްޝަން ޖަހައިދިނުން
- ބޭސްއަޅައިދިނުން
- އާވި އަރުވައިދިނުން
- ބަނޑުގައިވާ ދަރިފުޅުގެ ވިންދު ބަލައިދިނުން
- ހަކުރުބަލައިދިނުން
ހުޅުމާލެ ހޮސްޕިޓަލުން ބުނީ، އެ ހޮސްޕިޓަލުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ސިއްޙީ ޚިދުމަތްތައް، ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިން ކަމަށެވެ. އަދި އަޅާލުމާ އޯގާތެރިކަމާއެކު ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދޭ ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ފޯރުކޮށްދިނުމަކީ އެ ހޮސްޕިޓަލުގެ އަމާލެއް ކަމަށްވެސް ހުޅުމާލެ ހޮސްޕިޓަލުން ބުނެފައިވެއެވެ.