މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަދި އެސިނާއަތައް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކުރެވިގެން ތަމްރީން ޕޮރޮގަރާމްތައް ރަށުކައުންސިލްތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާ ހަމަޖައްސައިފިއެވެ.
އެ ވުޒާރާއިން ބުނީ މި ތަމްރީން ޕޮރޮގްރާމްތަކުގެ މަޤްސަދަކީ މަސް ވެރިކަމުގެ ދާއިރާއަށް ޒުވާނުން އަހުލުވެރިކުރުވުމާއި އަދި މަހާއި މަހުގެ އަގުއެއްކުރި އުފެއްދުން އިތުރުކުރުމާއި އިތުރު މާކެޓްތަކަށް ހޯދުމާއި އަދި އާމަސްވެރިކަން ތައާރަފްކޮށް އެކަން މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ދަސްކޮށްދިނުމެވެ. އަދި މަސްވެރި ސިނާއަތުގައި ކަނބަލުންގެ ހިއްސާ އިތުރުކޮށް ރަށުފެންވަރުގައި މަސްވެރި އުފެއްދުންތައް މިހާރަށްވުރެ ފެންވަރުރަނގަޅުކޮށް ތައްޔާރުކުރުމާއި އާބާތްތައް ތައްޔާރުކުރުމަށް ތަމްރީނުދީ އަހުލުވެރިކުރުވުން ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މިގޮތުން މިއަހަރު އެވުޒާރާގެ ފަރާތުން ޑައިމަންޑް ބެކް ސްކުއިޑް (ތުތި ބޯވަދިލަމަސް)ގެ މަސްވެރިކަމުގެ ތަމްރީން އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރީ ހިންގާ ބެލެހެއްޓުމުގެ ތަމްރީންމިތަމްރީންތައް ހިންގުމަށް ހަމަޖެހިފަކަމަށް އެވުޒާރާއިން ބުނެއެވެ. އަދި އެކަމަށް ޝައުގުވެރިވާ ރަށު ކައުންސިލްތަކުން 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ އޮފިސް ބަންގުވުމުގެ ކުރިން އެރަށެއްގައި ކުރިއަށް ގެންދިނުމަށް ޝައުގުވެރިވާ ތަމްރީނުގެ ފާހަގަކުރައްވާ މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއަށް ސިޓީ މެދުވެރިކޮށް އަންގަވާ ދެއްވުން ވަނީ އެދިފައެވެ. އެހެންކަމުން ކައުންސިލުން މިކަމުގައި އިސްކޮށް ހަރަކާތްތެރިވާނޭ ފަރާތެއްގެ މަޢުލޫމާތު (ނަމާއި މަގާމް އަދި ގުޅާނޭ ނަންބަރު) ހިއްސާކޮށްދެއްވުމަށް ވެސް އެވުޒާރާއިން ވަނީ އެދިފައެވެ.