ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑީވްސް)ގެ މި އަހަރުގެ އެތުލެޓިކްސް މުބާރާތް ނިންމާލައިފި އެވެ.

ދެ ދުވަހުގެ މުއްދަތަކަށް ހުޅުމާލެ ސިންތެޓީކްސް ޓްރެކުގައި ކުރިއަށްދިޔަ މިމުބާރާތުގައި 29 އަންހެން ކުދިނނާއި 61 ފިރިހެން ކުދިން، ޖުމްލަ 90 ކުދިން ބައިވެރިވެފައިވެއެވެ. ދެ ޢުމުރުފުރާ އަކަށް ބަހާލައިގެން، 12( އަހަރުން ދަށާއި 12 އަހަރުން މަތި،) ކުރިއަށް ގެންދިޔަ މި މުބާރާތުގައި 50މ ދުވުން، 80މ ދުވުން، 100މ ދުވުން، 200މ ދުވުން އަދި 400މ ދުވުމުގެ އިތުރުން ސޮފްޓްބޯލް ތުރޯ، ހާޑު ބޯލް ތުރޯ އަދި ސްޓޭންޑިން ޖަމްޕު އިމެނެއެވެ.

މިއީ އެސް-އޯ މޯލްޑީވްސް އިން އެތުލެޓިކްސް މުބާރާތް ބާވާ ތިންވަނަ އަހަރެވެ. ރާއްޖޭގައި އެންމެ ފުޅާކޮށް އިންކްލޫސިވް ސްޕޯޓްސް ހިންގަމުން އަންނަ އެސް-އޯ މޯލްޑީވްސް ވަނީ މިއަހަރު މުބާރާތުގެ ފެންވަރު މަތިކޮށް މުބާރާތުގެ ނަންވެސް ވަނީ "ނެޝަނަލް އެތުލެޓިކްސް ކޮމްޕެޓީޝަން" އަށް ބަދަކު ކޮށްފައެވެ.

އެސް-އޯ މޯލްޑީވްސްގެ ޗްއާޕާސަން އިބްރާހީމް ރަމީޒް ވިދާޅުވީ މިއަހަރުގެ މުބާރާތުގެ ފެންވަރު ހައިކޮށް، ކުރިއަށް އޮތްތާނގައި ނޭޝަނަލް ކޮންމެޓިޝަން ގެންދާ ފެންވަރުގައި އެސް-އޯ މޯލްޑީވްސްގެ މުބާރާތް ގެންދާނެ ކަމަށެވެ. ދެން މިއަހަރުން ފެށިގެން ނޭޝަނަލް ކޮންމެޓިޝަން ލެވެލްގައި ގެންދާނެތީ ފަސްޓް ޖަހާފައި އޮތް ކަމަށެވެ. އަދި މިކަން ރަމީޒް ފާހަގަ ކުރަނީ ވަރަށް ބޮޑު ކާމިޔާބީއެއްގޮތުގައެވެ.
އަދި އަންނަ އަހަރުގެ އަމާޒަކީ އަތޮޅުތެރެއިން ވެސް ގިނަ ކުދިންތަކެއް ބައިވެރި ކުރުވުން ކަމަށާއި މިއަހަރު ވެސް ބައެއް ރަށްރަށުން ރިކުއެސްޓް އައި ނަމަވެސް މާލެ އައުމާ ހުރިމާ ކެއުމާ އެހެނިހެން ޚަރަދުގެ ބޮޑުކަމުން އެކުދިންނަށް ބައިވެރި ނުވެވުނު ކަމަށެވެ.
ޗެއަރޕަރސަންނިމުން ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ބޭއްވީ މެޑަލް ދިނުމުގެ ހަފްލާ ޝަރަފް ވެރި ކޮށްދެއްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީ ސްޓޭޓް މިނިސްޓަރ އަލްފާޟީލާ ފާޠިމަތު މުޙައްމަދު އެވެ. މީގެ އިތުރުން އެތުލެޓިކްސް އެސޯސިއޭޝްންގެ ރައީސް އަލްފާޟީލް މުސްޠަފާ މުޙާއްމަދު ގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ އިންކްލޫސިވް ޑިޕާޓްމަންޓްގެޑިރެކްޓަރ އަލްފާޟިލާ އަދީލާ ރުސްދީ ވަނީ ބައިވެރިވެ ފައެވެ.
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުޅާކޮށް އިންކްލޫސިވް ސްޕޯޓްސް ހިންގަމުން އަންނަ އެސޯސިއޭޝަނެވެ.