ށ. ފުނަދޫގައި އިސްރަށްވެހިންގެ ހިޔާވަހި ޤާއިމުކުރުމުގެ މަޝްރޫޢު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫއު އެމްޓީސީސީއާއި ހަވާލު ކޮށްފައިވަނީ، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގައި އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ ފަރާތުން ސޮއިކުރެއްވ،ީ ސްޓޭޓް މިނިސްޓަރު (ނ.މ.ޝ.ޢ.) އިބްރާހިމް އިސްމާޢީލް ޢަލީއެވެ. އަދ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިޔުޓީ މެނޭޖިންގ ޑައިރެކްޓަރ، އަޙްމަދު މުބީންއެވެ.
މި މަޝްރޫޢުގެ ދަށުނ،ް 40 މީހުންގެ ޖާގައިގެ 2 ފަންގިފިލާގެ ޢިމާރާތެއް ބިނާ ކުރެވިގެންދާނެ ކަމަށާއި، މި މަސައްކަތުގެ ތެރޭގައި ސިއްޙީ ޚިދުމަތްދޭ ތަނަކާއ،ި އިދާރީ އޮފީހަކާއި އަދި އެހެނިހެން ޒަރޫރީ ޚިދުމަތް ދިނުމަށް ބޭނުންވާ ތަނެއް ޢިމާރާތްކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. މީގެ އިތުރުނ،ް ރިކްރިއޭޝަން ކަންކަމަށްވެސް ސަރަހައްދެއް ހާއްސަކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެއެވެ.
މި މަޝްރޫޢަކީ 37.46 މިލިއަން ރުފިޔާއަށް، 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ފުނަދޫ އަކީ 4186 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެގޮތުން، ފުނަދޫ އިސްރަށްވެހިންގެ ހިޔާވަހި ޤާއިމު ކުރުމުގެ މަސައްކަތް ނިމުމާއެކު، ރަށުގެ އިސްރަށްވެހިންނަށް ރަށުގައި ތިބެގެން ލިބޭ ސިއްޙީ ފަރުވާގެ ޚިދުމަތްތައް ފުޅާވެ، އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރުވެ، އިޖުތިމާޢީ ގޮތުންވެސް ރަށަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އިސްރަށްވެހިންނަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށް، މުޖުތަމަޢުގައި އިސްރަށްވެހިންގެ ދައުރު ފުޅާކުރުމަކީ، ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ. ސަރުކާރުން ވަނީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިސްރަށްވެހިންގެ މަރުކަޒު ޤާއިމުކުރުމަށް ނިންމަވާފައެވެ.