ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރާއްޖެއިން ސްޓޭޓް އޮފް ގަތަރަށާއި އަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން މިއަދު އައްޔަން ކުރައްވައިފިއެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ، ސްޓޭޓް އޮފް ގަތަރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، އައްޔަން ކުރެއްވީ ރ. ފައިނު، ޗަމަން، އާދަމް ޝަރީފު އުމަރެވެ. އޭނާ އަކީ މީގެ ކުރިން ލޯކަލް ގަވަމެންޓް އޮތޯރިޓީސް މިނިސްޓަރެވެ.

މީގެ އިތުރުން އަރަބި އިމާރާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އައްޔަން ކުރެއްވީ ގ. ނޫމަރާހިޔާ، ތޯރިގް އިބްރާހީމް ކަމަށް ވީއިރު، އެނާ އަކީ ކުރީގެ ތިމާވެށީގެ ވުޒާރާގައި ވަޒީރުކަން ކުރައްވާފައިާ ބޭފުޅެކެވެ.

ސަފީރުންނަށް މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ތޯރިގް އިބްރާހިމް އަދި އާދަމް ޝަރީފް އުމަރަށް ސަފީރުކަމުގެ ރުހުން 15 ޖޫންގެ މިއަދުގެ ރައްޔިންތުގެ މަޖިލިސްގައި ވަނީ ދީފަ އެވެ. އެގޮތުން އެކުވެރި އަރަބި އިމާރާތައް ރާއްޖެއިން ކަނޑަ އަޅުއްވާފައިވާ ސަފީރުކަމަށް ތޯރިގް އިބްރާހިމް ހޮވިފައިވަނީ 57 މެންބަރުންގެ ވޯޓާއި އެކުއެވެ.

ސްޓޭޓް އޮފް ގަތަރްއަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރުކަމަށް އާދަމް ޝަރީފް އުމަރު ހޮވިފައިވަނީ 57 މެންބަރުންގެ ވޯޓާއި އެކުއެވެ.