25 ޖޫންވާ ބުރާސްފަތި ދުވަހުގެ 23:50 އިން ފެށިގެން ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާ ސަރަހައްދު ބަންދުވާނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ފުލުހުން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ބޮޑުތަކުރުފާނު މަގު ކާނިވާ ސަރަހައްދުން ފެށިގެން ތާރުއަޅާ ސަރަހައްދު މިރޭ 23:50 އިން ފެށިގެން ބަންދު ވާނެ ކަމަށެވެ.

އެހެން ކަމުން އެ ސަރަހައްދުގައި ޕާކު ނުކުރުމަށާއި، ޕާކްކުރާ އުޅަނދުތަކަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ފުލުހުން ވަނީ މި ކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ.

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ހަދަމުންދާ ސަރަހައްދުގައި ތާރުއެޅުމުގެ މަސައްކަތް އަންނަ ބުދަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް ޓްރަންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ)ން ބުނެފައިވާ އިރު އެ ކުންފުނިން ދަނީ މިހާރު މަސައްކަތް ކުރިއަށްދާ ސަރަހައްދު ޖުލައި 26ގެ ކުރިން ނިންމާލުމަށް މަސައްކަތްކުރަމުން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.