ކްްލީކް ކޮލެޖާއި އޯޝަން ބަބުލްސް ގުޅިގެން ކެރިއަރ ގައިޑަންސް އިވެންޓެއް ބާއްވަން ނިންމައިފިއެވެ.
އެ އިވެންޓް ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 27 ވަނަ ދުވަހާއި 26 ޖޫންގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އޯޝަން ބަބުލްސް، މާލެ މަޖީދީ މަގުގައި ހުންނަ އައުޓްލެޓްގައެވެ.
ކްލީކް ކޮލެޖުން ބުނީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އިވެންޓުގައި ދަރިވަރުންނާއި ބެލެނިވެރިނަށް ހިލޭ ކެރިއަރ ގައިޑެންސް ސެޝަންތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އަދި މަތީ ތައުލީމުގެ ދާއިރާތަށް ހިޔާރު ކުރުމަށް ނަގަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރެވި، މަތީތައުލީމުގެ އެކި ރޮނގުތަށް ހިޔާރުކުރުމަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށް އެ ކޮލެޖުން ބުނެއެވެ.
އެ ކޮލެޖުން ބުނީ މި އިވެންޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކެރިއަރ އެއް ހިޔާރުކުރުމަށް އެހީތެރިކަން ލިބި، ތަޢުލީމީ ދާއިރާގެ އެކި މަޢުލޫމާތު ލިބުމުގެ އިތުރުން ހިލޭ ފިނިބުއިމެއްވެސް ލިބޭނެ ކަމަށެވެ.
ކީ ހައިލައިޓްސް –
- ކެރިއަރ ގައިޑެންސް ސެޝަންތައް
- ބެލެނިވެރިންގެ ހިޔާލާ އެކު މަޝްވަރާކުރެވި، ދަރިވަރުންނަށް ޝައުގުވެރިވާ އެކަށީގެންވާ ދާއިރާތައް ދެނެގަތުމަށް އެހީތެރިވެދޭނެއެވެ.
- ޕްރޮގްރާމް އޮޕްޝަންސް، އެންޓްރީ ރިކުއަރމަންޓްސް، އަދި ކެރިއަރ ޕަތްވޭސް ގައިޑްކޮށް ދިނުން
- ކެރިޔާ ގައިޑްންސް ހޯދަން އަންނަ ކޮންމެ ފަރާތްތަކަށް ހިލޭ ފިނިބުއިމެއް ލިބިގެންދާނެއެވެ.
މި އިވެންޓް އަމާޒުކުރެވިފައިވަނީ ކޮން ފަރާތް ތަކަކަށް؟
- ސެކަންޑަރީ އަދި މަތީ ސާނަވީ ތަޢުލީމު ފުރިހަމަ ކޮށްފައިވާ ދަރިވަރުން
- މައިންބަފައިން
- މަތީ ތައުލީމުގެ ރޮނގުތަށް ހިޔާރުކުރުމަށް ޝައުގުވެރިވާ ޒުވާނުން
އޯ ލެވެލްގެ ނަތީޖާ ގިނަ ދަރިވަރުން ދަނީ ދެންއަޅަންޖެހޭނެ ފިޔަވަޅުތަކާއި މެދު ވިސްނަމުންނެވެ.
ކްލީކް ކޮލެޖުން ބުނީ މި އިވެންޓުގެ މަޤްޞަދަކީ ދަރިވަރުންނަށް ތައުލީމުގެ މަގުތައް ހޯދުމަށް ސަޕޯޓް ދިނުން ކަމަށެވެ.
އަދި މަތީ ތަޢުލީމީ ދާއިރާގައި ހުރި ފުރުސަތުތަކުގެ މަޢުލޫމާތު ހިއްސާ ކުރެވި، އެކުއްޖަކު ބޭނުންވާ ދާއިރާއިން ކުރިޔަށް ދިނުމަށް ބޭނުންވާ ސަޕޯރޓްދީ، މަގުފަހި ކޮށް ދިނުން ކަމަށް އެ ކޮލެޖުން ހާމަކުރެއެވެ.
އެ ކޮލެޖުން ބުނީ މި އިވެންޓްގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް އިވެންޓްގެ ތެރެއިން ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާނެ ކަމަށެވެ.
އަދި އިވެންޓްގެ ތެރެއިން ރަޖިސްޓްރީވާ ފަރާތްތަކަށް ކޯހުގެ ރަޖިސްޓްރޭޝަން ފީ ހިލޭ ވާނެ ކަމަށްވެސް އެ ކޮލެޖުން ބުނެއެވެ.
މި އިވެންޓްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ގޫގްލް ފޯމް މެދުވެރިކޮށް މިހާރު ރެޖިސްޓަރ ވެވޭނެ ކަމަށް އެ ކޮލެޖުން ބުނެއެވެ.
ކްލީކް ކޮލެޖުން، ބުނީ އެ ކޮލެޖުގެ އުންމީދަކީ ވީހާވެސް ގިނަ ދަރިވަރުންނާއި ބެލެނިވެރިން އެ އިވެންޓްގައި ބައިވެރިވެ، އެ ފުރުސަތުގެ ބޭނުން ހިފުން ކަމަށެވެ.
އެ އިވެންޓުގައި ބައިވެރިވާނެ ލިންކް އެ ކޮލެޖުގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި މިހާރު ވަނީ ހިއްސާ ކުރެވިފައެވެ.
https://forms.gle/8k3gz4XJBRf99PrH9
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ ކްލީކް ކޮލެޖުގެ ހޮޓްލައިން ނަންބަރު 7728019 އަށެވެ.
މިއިވެންޓާއި އެ ކޮލްޖްގައި ކިޔަވައިދޭ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ހޯދުމަށް ކްލީކް ކޮލެޖުގެ ފޭސްބުކް/ އިންސްޓަގްރާމް ޕޭޖް އަދި ވެބްސައިޓްވެސް ބެލޭނެއެވެ.