މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހުޅުމާލެ ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި އެވެ.

ކަރެކްޝަންސް އިން މިއަދު "އެކްސް"ގައި ކޮށްފައިވާ ޕޯސްޓެއްގައި، މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ފުލުހުންނާއި ގުޅިގެން ކަމަށް ބުނެފައިވީ ނަމަވެސް، އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.

ކަރެކްޝަނާއި ފުލުހުން ގުޅިގެން މި މަހުގެ 22 ވަނަ ދުވަހު މާފުށީ ޖަލުގައިވެސް ސާޗް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

އާންމުކޮށް މިފަދަ އޮޕަރޭޝަންތައް މިފަހުން ހިންގަނީ ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމުގެ އަމަލުތަކެއް ޖަލު ތެރޭގައި ހިންގާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ޖަލުތަކުގެ ބެލެހެއްޓުންތެރިކަމާއި ހަރުދަނާކުރުމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.