އިސްކަންދަރު ވޯރކް ޔޫނިއަން ނުހިންގަން އެންގީ އެ ޔޫނިއަންގެ ނަން ޤަވާއިދާއި ޚިލާފުވުމުން ކަމަށާއި، އެކަން ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް ތަޢުލީމާއި މަތީތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ކުރައްވާފައިވާ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ޔޫނިން ހިންގުމާއި ރަޖިސްޓްރީކުރުމާއި ބެހޭ ގަވައިދުގައި، ދިވެހި ދައުލަތު ނުވަތަ ދިވެހި ސަރުކާރުގެ މުއައްސަސާގެ ނަމެއް ނުވަތަ އެފަދަ ނަމެއްގައި އޮޅުން އަރާނެ ފަދަ ނަމެއް ބޭނުން ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ އެކަމަށް ޖަދަލު ކުރައްވަން ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް، ސްކޫލު މަދަރުސާތަކަކީ ހާއްސަ ސިފަތަކަކާއި ރައްކާތެރި ކަމެއް ލިބިގެންވާ ތަންތަން ކަމަށާއި، އެއީ އެންމެން ވެސް ހާއްސަ ގޮތަކަށް ވިސްނަންޖެހޭ ތަންތަން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އިސްކަންދަރު ސްކޫލުގެ ޔޫނިޔަން އެއް އުފައްދާއިރު އެތަނަނައް "އިސްކަންދަރު" އެބަސް ބޭނުން ކޮށްފައިވަނީ ގެޔަކަށް ކިޔާނަމެއްގެ ނިސްބަތަކުން ނޫންކަމަށެވެ.
މީގެއިތުރުން، ޓީޗަރުންގެ ތެރޭގައި ވެސް ހައްގު ހޯދުމަށާއި ޓީޗަރުން މުޖުތަމައު ތެރޭގައި މަސައްކަތް ކުރުމަށް ޕްލެޓްފޯމެއް ގާއިމް ވެފަ އޮތް ހިނދު، ވަކި ވަކި ޔޫނިޔަންސް ތަކެއް ހަދައިގެން އެއް ޓީޗަރުންގެ ޔޫނިޔަންއިން ނެރޭ ބަޔާން އަނެއް ޓީޗަރުންގެ ޔޫނިޔަން އިން ކުއްވެރިކުރުން ފަދަ ކަންކަން ޓީޗަރުންގެ ތެރޭގައި ހިނގާނެ ގޮތަށް އަމަލުކުރަމަކީ ތާއިދު ކުރައްވާ ކަމެއް ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ.