މާލެ ސަރަހައްދުގެ އަމާންކަން ދަމަހައްޓައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ ހަފުތާގައި ފުލުހުން 15,700 ސަރަހައްދެއް ބަލައި ފާސްކޮށްފިއެވެ.

މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާއި ހަމައަށް އަމާންކަން ދަމަހައްޓައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން މާލޭގައި ކުރިއަށްގެންދިޔަ ގެންދިޔަ ހަރަކާތްތަކުގެ ތަފާސްހިސާބުތައް މިއަދު ވަނީ އާންމުކޮށްފައެވެ.

އެގޮތުން ފުލުހުން ވަނީ 15,700 އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކޮށް، ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައެވެ.

އަދި ރައްޔިތުންގެ ފަރާތުން ލިބުނު 325 އަށް ވުރެ ގިނަ ރިޕޯޓާ ގުޅިގެން، ފުލުހުން ވަނީ ވަގުތުން އެޓެންޑްވެ، އެކަންކަން ހައްލުކުރުމަށް މަސައްކަތްކޮށްފައެވެ.

ހަމައެހެންމެ ހިންގި އޮޕަރޭޝަންތަކާއި ގާނޫނު ތަންފީޒު ކުރުމުގެ ތެރެއިން 59 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރާ ޓްރެފިކް ފުލުހުން ވަނީ، މަގުމަތީގައި ހިނގި 45 އެކްސިޑެންޓަކާއި ޓްރެފިކްގެ އެހެނިހެން ހާދިސާތަކަށް އެޓެންޑުވެފައެވެ.