ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން، މ.އަތޮޅުގެ 8 ރަށަކަށް ދެމުންދާ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކޮށްފިއެވެ.
އެ ރަށްތަކަކީ މ. މުލި، ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލައް، ނާލާފުށި، ރަތްމަންދޫ އަދި ވޭވަށެވެ.
ފެނަކަ އިން މ.އަތޮޅުގެ 8 ރަށަކަށް ދެމުންދާ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަފީފް ޙުސެއިންއެވެ.
ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރެވެ.
ސްޓެލްކޯ އިން ބުނީ މި އެއްބަސްވުމުގެ ދަށުން ސްޓެލްކޯއާ ޙަވާލުކޮށްފައި ވަނީ މ. މުލި، ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލައް، ނާލާފުށި، ރަތްމަންދޫ އަދި ވޭވަށުގައި ދެމުންދާ ޔުޓިލިޓީގެ ޚިދުމަތްތައް ކަމަށެވެ.
ސްޓެލްކޯ އިން ބުނީ ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ކުރިން ފެނަކައިން ފޯރުކޮށްދެމުން އައި 8 ރަށް ސްޓެލްކޯއާ ޙަވާލުކުރީ، ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރުމުގެ ނިޒާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ ތެރެއިން ކަމަށެވެ.
މިގޮތުން މިދިޔަ އޭޕްރިލްމަހުވެސް ފެނަކައިން 3 އަތޮޅަކަށް ދެމުން ދިޔަ ޚިދުމަތްތައް ދިނުމަށް ސްޓެލްކޯއާ ވަނީ ހަވާލުކޮށްފައެވެ.