ކަނޑުމަގުން ރާއްޖެ އެތެރެކުރި 6،328 ވޭޕް ކާޓްރިޖް އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ޚިލާފް ތަކެތި ހުރެދާނެ ކަމަށް ކަސްޓަމްސްއަށް ބެލެވިގެން، އިއްޔެ މާލޭ ކޮމާޝަލް ހާބަރުގައި،ޚާއްސަ އޮޕަރޭޝަނެއް ހިންގާފައި ކަމަށެވެ.

މި އޮޕަރޭޝަންގައި “ޖެނެރަލް ކާގޯ” ގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއް ބަލާފާސްކޮށް، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިގޮތުން ޖުމްލަ 6،328 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެނެވިފައި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ މިހާރު ދަނީ އިތުރަށް ތަޙުޤީޤުކުރަމުން ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.