އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު އެޕާޓީގެ މެމްބަރުންނަށް މިއަދު ހުޅުވާލައިފިއެވެ.

އެމްޑީޕީއިން ބުނެފައިވަނީ ކޮންމެ މެންބަރަކަށްވެސް ޝައުޤުވެރިކަންފާޅުކުރެވޭނީ ގިނަވެގެން ދެ ކޮމިޓީއަށެވެ. އަދި އަންނަނިވި ކޮމިޓީތަކުން ބޭނުންފުޅުވާ ކޮމިޓީ އެއްގައި ބައިވެރިވެ މަސައްކަތް ކުރެއްވުމަށް އެމްޑީފީއިން ވަނީ ހުޅުވާލާފައެވެ.

  1. އިންތިހާބާބެހޭ ކޮމިޓީ

  2. ކެންޕޭން ކޮމިޓީ
  3. ޗަންދާ ކޮމިޓީ
  4. އިންތިޒާމް ކުރުމާބެހޭ ކޮމިޓީ
  5. މީޑިއާ ކޮމިޓީ
  6. ޤާނޫނީ ކޮމިޓީ
  7. ލާމަރުކަޒީ ކޮމިޓީ
  8. ބައިނަލްއަޤްވާމީ ގުޅުންތަކާބެހޭ ކޮމިޓީ
  9. މެކްރޮއިކޮނޮމިކް ކޮމިޓީ
  10. އެސް.އެމް.އީ ކޮމިޓީ
  11. މަސްވެރިކަމާ ދަނޑުވެރިކަމާބެހޭ ކޮމިޓީ
  12. ޓޫރިޒަމް އާއި ޓްރާންސްޕޯރޓް ކޮމިޓީ
  13. އެންވަޔަރަމްންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ
  14. ގެދޮރާބެހޭ ކޮމިޓީ
  15. ސިއްހަތާ އިޖްތިމާއީ ކޮމިޓީ
  16. ތައުލީމާބެހޭ ކޮމިޓީ
  17. ޔޫތު އެންޑް ރިސޯސަސް ކޮމިޓީ
  18. އިންފޮރމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
  19. ފިޔަވަޅުއަޅާ ކޮމިޓީ
  20. ލޭބަރ ރިލޭޝަންސް ކޮމިޓީ
  21. ޕްރިވެންޝަން، ރިހެބިލިޓޭޝަން އެންޑް ރިއިންޓެގްރޭޝަން ރިސާޗް ކޮމިޓީ

އެޕާޓީގެ ދާއިމީ ކޮމިޓީތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވާ ޕާޓީގެ މެންބަރުންނަށް ފުރުސަތު ހުޅުވާލާފައިވަނީ، 23 ޖޫން 2026 ގެ ނިޔަލަށެވެ.