ކ. ގުޅިއާއި ފުށިދިއްގަރުފަޅުގެ ކަނޑުއޮޅި ތެރެއިން އުޅަނދެއްގެ ބައެއް ތަކެތި އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން އެ ކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފު ކޯސްޓްގާޑުން ބުނީ، އެ ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ އެ ސަރަހައްދުން އިރުމައްޗަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެ ކަމަށް ސަމާލުކަން ދިނުމަށާއި އެ ސަރަހައްދުން ރޭގަނޑު ދަތުރުކުރާ ނަމަ، ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.
އެކި ހާދިސާތަކުގައި ދޯނިފަހަރަށް ގެއްލުންވާ ހާލަތްތަކުގައި އެ ދޯންޏެއްގެ ބައެއް ތަކެތި އޮޔާދާތީ، ކަނޑު ދަތުރުކުރާ މީހުން އެ ކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރާކަން ފާހަގަކޮށްލެވެއެވެ.