ހަލާކުވާ ޒާތުގެ މުދާ ކްލިއާކުރުމުގެ މަސައްކަތް މިއަދުވެސް ކުރިއަށްދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ބުނެފި އެވެ.

އެމްޕީއެލްއިން އެކްސްގައި ކޮށްފައިވާ ޕޯސްޓޭއްގައި ބުނީ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް ނުވަތަ ޕެރިޝަބަލް މުދާ ކްލިއާކުރުމުގެ މަސައްކަތް މިއަދުވެސް ކުރިއަށްދާނެކަމަށެވެ.

އެގޮތުން އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް މާލެ ވިޔަފާރި ބަނދަރުން ކްލިއާކުރުމަށް އެ ކުންފުނިން އަމަލުކުރާ ހާއްސަ އުސޫލުގެ ދަށުން މިއަދު މެންދުރު ފަހު 15:30 އިން ފެށިގެން މިރޭގެ 23:30އާއި ހަމައަށް މުދާ ކްލިއާ ކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް އެމްޕީއެލްއިން ބުނެއެވެ.

މިދިޔަ ހަފްތާގަައިވެސް އެމްޕީއެލްއިން ވަނީ 1823 ޓީއީޔޫސް އަންލޯޑްކޮށް 1692 ޓީއީޔޫސް ލޯޑްކޮށްފައިއެވެ.އަދި މިދިޔަ ހަފްތާގައި ހަލާކުވާ ޒާތުގެ މުދަލުގެ 51528 ޕެކޭޖުވަނީ ކްލިއާކޮށްފައެވެ.