ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކް ސްޓެލްކޯއާ ހަވާލުކޮށްފިއެވެ.
ސްޓެލްކޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވަރކާއި އެ ކުންފުނިން ޙަވާލުވުމުގެ ގޮތުން އިއްޔެ ހައުސިޮޮންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
ސްޓެލްކޯގެ ފަރާތުން އެ ފަހުމުނާމާގައި ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު އެވެ.
އަދި އެޗްޑީސީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ (ރޓޑ) ޢަލީ ޒުހައިރު އެވެ.
ސްޓެލްކޯ އިން ބުނީ އިތުރަށް ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެ ކުންފުނީގެ އެމްރޖެންސީ ރެސްޕޮންސް ސެންޓަރެއް ޤާއިމްކުރުމަށް ބޭނުންވާ ޖާގަ އެޗްޑީސީން މިއަދު އެ ކުންފުންޏާއި ޙަވާލުކޮށްފައިވާ ކަމަށެވެ.
އަދި ހަމައެއާއެކު އެ ކުންފުނީގެ ފަރާތުން ވަނީ އެޗްޑީސީއަށް ލައިޓް ޕޯސްޓްތަކެއް ވެސް ހަދިޔާކޮށްފައި ކަމަށް ސްޓެލްކޯގެ ޕޯސްޓުގައި ބުނެފައި ވެއެވެ.