މަސްވެރިންނަށް ބަނދަރުތައް ބޭނުންކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ބައިވެރިވެވަޑާއިގެންނެވީ ވަޒީރު އަހުމަދު ޝިޔާމް ކަމަށް ވީއިރު، އެމްޕީއެލްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ކުންފުނީގެ ސީ.އީ.އޯ ކެޕްޓަން ހުސައިން ޝަފީގެވެ.
ބަނދަރުތައް ބޭނުންކުރުމުގައި މަސްވެރިންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން އެ މައްސަލަތައް ހައްލު ކުރުމަށް އެމް.ޕީ.އެލްގެ ފަރާތުން ވެދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ފޯރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ކުންފުނީގެ ސީ.އީ.އޯ ވަނީ ދެއްވާފައެވެ.
ހަމަމިއައެކު، އައްޑޫގައި ގާއިމްކުރުމަށް ނިންމާފައިވާ ފިޝަރީޒް އެންޑް މެރިޓައިމް ހަބާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.
ސަރުކާރުން އަންނަނީ މަސްވެރިންނަށް ލުއިފަސޭހަ އިންތިޒާމެއް ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.