މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) ގެ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެގޮތުން އެމްއެމްއޭއިން ވަނީ ބެޗްލާސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެމްއެމްއޭ އިން ބުނީ އެ ސްކޮލަރޝިޕްތަކަށް ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ ޖޫން 30 ވަނަ ދުވަހުގެ 14:00 ކަމަށެވެ.
އެމްއެމްއޭ އިން ބުނީ މި ސްކޮލަރޝިޕްއަށް ހޮވޭ ފަރާތްތަކަށް ޓިއުޝަން ފީއާއި ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެހެނިހެން ޚަރަދުތައް ލިބޭނެ ކަމަށެވެ. އަދި ޕްރޮގްރާމުގައި ހުންނަ މުއްދަތުގައި ދިރިއުޅުމުގެ ޚަރަދާއި، ބުކް އެލަވަންސްއާއި، އެސްޓެބްލިޝްމަންޓް އެލަވަންސްއާއި، ޑިޕާޗަރ އެލަވަންސް ލިބޭނެކަމަށާއި ވިސާ ޚަރަދާއި، ހެލްތު އިންޝުއަރެންސް ވެސް ލިބޭނެ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.
އެމްއެމްއޭ އިން ހުޅުވާލި ސްކޮޕަރޝިޕް ފުރުސަތުތައް:
ބެޗްލަރ އޮފް އެކައުންޓިންގ، ސެލަންގޯރ އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ
- މާސްޓަރ އޮފް ލޯސް، އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ
- މާސްޓަރ އޮފް އިކޮނޮމިކްސް، އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ
- ޕީ.އެޗް.ޑީ، އިންސީފް ޔުނިވަރސިޓީ، މެލޭޝިޔާ
- ޕީ.އެޗް.ޑީ. އިން އިސްލާމިކް ފައިނޭންސް (ކޯސްވަރކް އެންޑް ޑެޒަރޓޭޝަން)، ނުވަތަ
- ޕީ.އެޗް.ޑީ. އިން އިސްލާމިކް ފައިނޭންސް (ރިސަރޗް)، ނުވަތަ
- ޕީ.އެޗް.ޑީ. އިން އެޕްލައިޑް މުއާމަލާތު (އިކޮނޮމިކްސް އެންޑް ފައިނޭންސް)
މި ސްކޮލަރޝިޕްއަށް ކުރިމަތިލައި ކޯސް ފުރިހަމަކުރުމަށްފަހު، 5 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެކަމަށް އެމްއެމްއޭއިން ބުނެފައި ވެއެވެ.