ތޯރިޤް އިބްރާހިމް އަދި އާދަމް ޝަރީފް އުމަރަށް ސަފީރުކަމުގެ ރުހުން މިއަދު ދީފިއެވެ.
މިއަދުގެ ރައްޔިންތުގެ މަޖިލިސްގައި ވަނީ ތޯރިޤްއާއި އާދަމް ޝަރީފަށް ސަފީރުކަމުގެ ރުހުން ދިނުމަށް ވޯޓުލުން ބާއްވާފައެވެ.
އެގޮތުން އެކުވެރި އަރަބި އިމާރާތައް ދިވެހި ރާއްޖެއިން ކަނޑަ އަޅުއްވާފައިވާ ސަފީރުކަމަށް ތޯރިޤް އިބްރާހިމް ހޮވިފައިވަނީ 57 މެންބަރުންގެ ވޯޓާއި އެކުއެވެ.
ސްޓޭޓް އޮފް ގަތަރްއަށް ދިވެހި ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރުކަމަށް އާދަމް ޝަރީފް އުމަރު ހޮވިފައިވަނީ 57 މެންބަރުންގެ ވޯޓާއި އެކުއެވެ.
ތޯރިޤް އިބްރާހިމްއަކީ ކުރީގެ ތިމާވެށީގެ ވުޒާރާގައި ވަޒީރުކަން ކުރައްވާފައިާ ބޭފުޅެކެވެ. އަދި އާދަމް ޝަރީފް އުމަރަކީ ކުރީގެއިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރުއެވެ.
ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ބަދަލު ގެންނެވީ، މި މަހުގެ 14 އަދި 15ގައެވެ. އެގޮތުން، ވަޒީރުންގެ މަޖިލީހުގެ އަދަދު 20 އިން 15 އަށް މަދުކުރައްވާފައިވާއިރު، އެމަނިކުފާނު ވަނީ އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް އައު 5 ވަޒީރަކު އައްޔަން ކުރައްވާފައެވެ.