ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގެ ފަޅުތެރެއަށް ކަޅުތެޔޮ އެޅިފައިވާތީ ވަގުތީގޮތުން އެތަން ބަންދުކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ރަސްފަންނު މޫދަށް ކަލު ތެޔޮ އެޅިފައިވާތީ މޫދަށް އެރޭ ސަރަހައްދު ސާފުކޮށް ނިމެންދެން މޫދަށް ނޭރުމަށް އިލްތިމާސްކޮށްފައެވެ.
މިއީ ގިނަ ދުވަސްތަކެއް ވަންދެން މަރާމާތަށް ބަންދުކޮށްފައި އޮތުމަށްފަހު، ހުކުރު ދުވަހުގެ ހެނދުނު އަލުން ހުޅުވާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދިމާވި މައްސަލައެކެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެދިޔަ އެ މަޝްރޫޢުގެ ދަށުން ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދުގެ އުތުރުން ޑްރެއިނޭޖް ރަނގަޅުކުރުމުގެ ގޮތުން ފެންހިންދާ ނިޒާމެއް ޤާއިމްކުރުމާއި، މޫދަށް އެރޭ ސަރަޙައްދުގައި މިހާރު ޖަހާފައިވާ ހިލަ ތޮށި ނަގައި، ފެން ދައުރުކުރުމަށް ކަލްވާޓްސްތަކެއް ހިމަނައިގެން އަލުން ހިލަ ތޮށި ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.