ޚިޔާނާތްވެފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކީގެ މައްސަލަ ނިންމާ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.

އެ މައްސަލައިގައި ދައުލަތުން ހުށަހެޅި އާ ހެކީގެ މައްސަލަ ނިންމާ އަޑުއެހުން ސްޕްރީމް ކޯޓުގައި ތާވަލުކޮށްފައި ވަނީ އަންނަ މަހަށެވެ.

ދައުލަތުން ހުށަހެޅި އާ ހެކީގެ މައްސަލަ ނިންމާ އަޑުއެހުން ތާވަލުކުރީ އަންނަ ޖުލައި މަހު އެއްވަނަ ދުވަހުގެ ހެނދުނު 09:00ގައެވެ.

ޑިސެންބަރު 25، 2022 ގައި ދަށު ކޯޓުން ވަނީ އެ މައްސަލަ ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ފަހުކޮޅު ހައިކޯޓުން ވަނީ ޔާމީންގެ މައްޗަށް ސާބިތުވި ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބަލަން އަންގާފައެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުން އަންނަ މަހުގެ އެއްވަނަ ދުވަހު ހުކުމް އިއްވަން ތާވަލުކޮށްފައި ވާއިރު، ދަށު ކޯޓުން ޔާމީންގެ މައްޗަށް އެގާރަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، ހައިކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް އާ ހެކިތައް ބަލައިނުގަތުމަށް ނިންމާފައެވެ.