މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަލަށް އެކުލަވާލި "ކާބޯތަކެތި ބަންދުކުރުމާއި، ލޭބަލްކުރުމުގެ ގަވާއިދު" އަށް ލޭބަލް ކުރުމަށް 6 މަސްދުވަހުގެ މުއްދަތެއް ދީފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މި ގަވާއިދު އާންމުކުރީ މިދިޔަ ހަފުތާގައެވެ. މި ގަވާއިދު އާންމުކުރުމާއެކު ގަވާއިދަށް އަމަލުކުރަން ފެށި ނަމަވެސް އެމްއެފްޑީއޭއިން ވަނީ ކާބޯތަކެތި ލޭބަލް ކުރުމަށް 6 މަސްދުވަހުގެ މުއްދަތެއް ދީފައެވެ.

އެގޮތުން އެމްއެފްޑީއޭއިން މިއަދު ކުރި އިއުލާނުގައި ބުނީ މިހާރު ބާޒާރުގައި ހުރި ތަކެއްޗާއި، އަލަށް އުފައްދާ އަދި ރާއްޖެއަށް އެތެރެކުރާ ތަކެތި މި ގަވާއިދުގެ މިންގަނޑުތަކަށް ފެއްތުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އިތުރު މައުލޫމާތު ސާފުކުރަން ބޭނުން ނަމަ އެ އޮތޯރިޓީގެ ފުޑް ކޮންޓްރޯލް ޑިވިޝަންގެ ނަމްބަރު 3034217 އަށް ގުޅުމަށް ނުވަތަ foodsafetydivision@health.gov.mv އަށް މެއިލް ކުރުމަށް އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.