ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގެ ގަރާޖުގެ ތެރެއަށް ވަދެ ހުއްޓާ މީހަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފިއެވެ.

އެ މައްސަލާގައި ބަންދުކުރީ ޏ. ފުވައްމުލައް، ދިގުވާނޑު ގުރަހާގެ އުމުރުން 31 އަހަރުގެ އަހުމަދު ފަޔާޒެވެ. އެ މީހާގެ ބަންދުކުރަން ކުރި އަމުރުގައި ބުނީ ފުލުހުންގެ ވެހިކަލް ގަރާޖުގެ ތެރެއަށް ހުއްދަ ނެތި ވަދެފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އެކަމަކު އޭނާ އެކަން ވަނީ ދޮގު ކޮށްފައެވެ.

އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.

އަމުރުގައިވާ ގޮތުން އޭނާއަކީ އެކި ފުލުހުން މައްސަލަތަކުގައި ހައްޔަރުކޮށް ބަންދުގެ ރެކޯޑު އޮތް މީހެކެވެ.