މިއަދު ކުރިއަށްގެންދިޔަ ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގައި ރައީސް މަޤާމަށް އަލަށް އިންތިހާބުވި ޕީއެންސީގެ ކެނޑިޑޭޓް ސުހާ އިބްރާހީމްއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވަނީ ވޯޓު ދެއްވި އެދާއިރާގެ ރައްޔިތުންނާއި އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތްކޮށްދެއްވި އެންމެހާ ފަރާއްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
އޭޕްރީލް ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2026 ގައި ދ. މީދޫ ގައި ބެހެއްޓުނު ދ. މީދޫ-2 ނަންބަރު ވޯޓު ފޮށީގެ ދ. މީދޫ ދާއިރާގެ 1 ވޯޓު ކަރުދާސް ސައްހަ ކަމަށް ކަނޑައަޅައި ހުކުމްކުރުމާ ގުޅިގެން، ދ. މީދޫ ކައުންސިލް ރައީސްގެ މަގާމަށް އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބި ވޯޓު ވަނީ އެއްވަރުވެފައެވެ.