ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިތުރުބުރު ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމް މިއަދު ކާމިޔާބު ކުރައްވައިފިއެވެ.
މީދޫ ކައުންސިލުގެ ރައީސް ކަމަށް ވާދަކުރެއްވީ ސުހާގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދެވެ.
ދ. މީދޫ ކައުންސިލް ރައީސް މަގާމުގެ އިތުރުބުރުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދުނު 8:00 ގައެވެ. އަދި ވޯޓް ފޮށިތައް ބަންދުކޮށްފައި ވަނީ މިއަދު 16:00 ގައެވެ.
މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 1049 އަކަށް އަރާއިރު، އެއީ 483 އަންހެނުންނާއި 566 ފިރިހެނުންނެވެ.
އޭޕްރީލް ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2026 ގައި ދ. މީދޫ ގައި ބެހެއްޓުނު ދ. މީދޫ-2 ނަންބަރު ވޯޓު ފޮށީގެ ދ. މީދޫ ދާއިރާގެ 1 ވޯޓު ކަރުދާސް ސައްހަ ކަމަށް ކަނޑައަޅައި ހުކުމްކުރުމާ ގުޅިގެން، ދ. މީދޫ ކައުންސިލް ރައީސްގެ މަގާމަށް އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބި ވޯޓު ވަނީ އެއްވަރުވެފައެވެ.