2026 ވަނަ އަހަރުގެ ސިވިލް ސަރވިސް ކޮންފަރެންސް ފަށައިފިއެވެ.
މިކޮންފަރެންސް ފައްޓަވާ ދެއްވީ ތަޢުލީމާއި މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ.އިސްމާޢިލް ޝަފީޢުއެވެ.
މި ކޮންފަރެންސް ބިނާވެފައިވަނީ ކުރީގެ ކޮންފަރެންސްތަކުން ލިބުނު ތަޖުރިބާއާއި ފިލާވަޅުތަކުގެ މައްޗަށާއި، އަދި ގަވަނަންސްގެ ދާއިރާއިން ކުރިމަތިވާ އައު ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި، އައު ފުރުސަތުތައް ހޯދުމަށް ބޭނުންވާ ހުނަރުތަކާއި، އޮނިގަނޑުތަކާއި، ވިސްނުންތަކާ އެއްގޮތަށް ސިވިލް ސަރވިސްގެ ޚިދުމަތްތައް އެލައިންކުރުމުގެ މައްޗަށެވެ.
މި ކޮންފެރެންސްގައި ވަނީ އެސްޓޯނިއާގެ ކުރީ ސަރުކާރުގެ ސީ.އައި.އޯ އަދި މިނިސްޓްރީ އޮފް އިކޮނޮމިކް އެފެއާޒް އެންޑް ކޮމިއުނިކޭޝަންސްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ފޮރ އައިޓީ އެންޑް ޓެލެކޮމް މިސްޓަރ ސިމް ސިކުޓް ވަނީ "ޑެލިވަރީ ޑިޖިޓަލް ޓްރާންސްފޯމޭޝަން" މައުޟޫއަށް ވާހަކަދައްކާފައެވެ.
ސިވިލް ސަރވިސް ކޮންފަރެންސްއަކީ ކޮންމެ 2 އަހަރުން އެއް އަހަރު ބާއްވާ ކޮންފަރެންސްއެކެވެ. އަދި މިއަހަރުގެ ކޮންފަރެންސަކީ މިފަދަ 5 ވަނަ ކޮންފަރެންސެވެ. މިއަހަރުގެ ކޮންފަރެންސްގައި 8 ދާއިރާއަކުން 18 ދިރާސީ ކަރުދާސްވަނީ ހުށައަޅާފައެވެ.
މިއަހަރުގެ ކޮންފަރެންސްގައި 300 އެއްހާ ފަރާތުންވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުންވަނީ ބައިވެރިވެފައެވެ.
މިކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައިވަނީ 2026 އިން 2030 ހުގެ ނިޔަލަށް ސިވިލް ސަރވިސްގެ އެކްޝަން ޕްލޭން އިފްތިތާޙްކޮށްފައެވެ. ހަމައެއާއެކު ކޮންފަރެންސްގެ އެބްސްޓްރެކްޓް ފޮތްވަނީ ނެރެފައެވެ.