ޓިކްޓޮކްގައި ސްކޭމް ހިންގަމުންދާ އެކައުންޓްއަކަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ ޓިކްޓޮކް އެކައުންޓެއްގައި އޮޅުވާލައިގެން މަކަރާއި ހީލަތުން ހިންގަމުންދާ އެކައުންޓެއް ރިޕޯޓްކޮއްފައިވާކަމަށެވެ.
މި އެކައުންޓް ހިންގަމުންދާ ފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.
މިފަދަ ސޯޝަލް މީޑިއާގެ އެކި އެކި ޕްލެޓްފޯމްތަކުގައި ފޭކް އެކައުންޓްތައް ހަދައިގެން، ޖިނާއީ ކުށްތަކަށް އަރައިގަންނަމުންދާ ފަރާތްތައް ހޯދައި، އެފަރާތްތަކާމެދު ގާނޫނީގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.