ދ. މީދޫ ކައުންސިލް ރައީސް މަގާމުގެ އިތުރުބުރުގެ ވޯޓު ގައި، ވޯޓު ލުމުގެ ހައްގު ލިބިފައިވާ 890 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ދ. މީދޫ ކައުންސިލް ރައީސް މަގާމުގެ އިތުރުބުރުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށާފައި ވާއިރު، އީސީން ވަނީ މެންދުރު ފަހު 15:00 އާ ހަމައަށް ވޯޓުލާފައިވަނީ 84.84 އިންސައްތަ މީހުން ވޯޓުލާފައިވާކަން ތަފާސްހިސާބުން ދައްކައެވެ.

އީސީން މައުލޫމާތުދިން 398 އަންހެނުންނާއި، 492 ފިރިހެނުން ކަމަށާއި މިހާތަނަށް ޖުމްލަ 671 މީހުން ވޯޓު ލާފައިވާ ކަމަށެވެ.

މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 1049 އަކަށް އަރާއިރު، އެއީ 483 އަންހެނުންނާއި 566 ފިރިހެނުންނެވެ.

އޭޕްރީލް ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2026 ގައި ދ. މީދޫ ގައި ބެހެއްޓުނު ދ. މީދޫ-2 ނަންބަރު ވޯޓު ފޮށީގެ ދ. މީދޫ ދާއިރާގެ 1 ވޯޓު ކަރުދާސް ސައްހަ ކަމަށް ކަނޑައަޅައި ހުކުމްކުރުމާ ގުޅިގެން، ދ. މީދޫ ކައުންސިލް ރައީސްގެ މަގާމަށް އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބި ވޯޓު ވަނީ އެއްވަރުވެފައެވެ.