ދ. މީދޫ ކައުންސިލް ރައީސް މަގާމުގެ އިތުރުބުރުގެ ވޯޓު ގައި، ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދެބައިކުޅަ އެއްބައި މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ދ. މީދޫ ކައުންސިލް ރައީސް މަގާމުގެ އިތުރުބުރުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށާފައި ވާއިރު، އީސީން ވަނީ މެންދުރު 12:00 އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް އާންމުކޮށްފައެވެ. އެގޮތުން މިހާތަނަށް 49.86 އިންސައްތަ މީހުން ވޯޓު ލާފައިވާ ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެ އެވެ.
މިއަދުގެ އިންތިހާބުގައި މިހާތަނަށް ޖުމްލަ 523 މީހުން ވޯޓު ލާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 210 އަންހެނުންނާއި، 313 ފިރިހެނުން ކަމަށް އީސީން މައުލޫމާތުދެއެވެ. އަދި ވޯޓު ނުލާ 526 މީހަކު އެބަތިބިކަމުގައި އީސީން ވަނީ ފާހަގަކޮށްފައެވެ.
މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 1049 އަކަށް އަރާއިރު އެއީ 483 އަންހެނުންނާއި، 566 ފިރިހެނުންނެވެ.
އޭޕްރީލް ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2026 ގައި ދ. މީދޫ ގައި ބެހެއްޓުނު ދ. މީދޫ-2 ނަންބަރު ވޯޓު ފޮށީގެ ދ. މީދޫ ދާއިރާގެ 1 ވޯޓު ކަރުދާސް ސައްހަ ކަމަށް ކަނޑައަޅައި ހުކުމްކުރުމާ ގުޅިގެން، ދ. މީދޫ ކައުންސިލް ރައީސްގެ މަގާމަށް އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބި ވޯޓު ވަނީ އެއްވަރުވެފައެވެ.