ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ބ އަތޮޅުން ފެށިގެން ވ އަތޮޅަށެވެ.
މި ސަރަހައްދަށް ބޯކޮށް ވާރޭވުހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ރީނދޫ ސަމާލު ނެރފައިވަނީ މިއަދު 12:45 އިން ހަވީރު 17:00 އާ ހަމައަށެވެ.
ކުރިޔަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭ ގެ ހުރިހާ ހިސާބަކަށްވެސް ކެރީގެ އަސަރުކުރާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި އުތުރާ މެދު ރާއްޖެތެރެއަށް ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ހުދުސަމާލުވެސް ނެރެފައެވެ. މި ސަރަހައްދުތަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 4 ޖެހުމާއި ހަމައަށެވެ.