ދިވެހިރާއްޖެއިން ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން އިނގިރޭސިވިލާތުން ބަލައިގަންނަން ފަށައިފިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އެމްއެންޔޫ ސްކޫލް އޮފް މެޑިސިންގެ ޑީން ޑރ. ޝީޒާ ޢަލީ ވިދާޅުވީ، އެމްއެންޔޫ ސްކޫލް އޮފް މެޑިސިންއަކީ މާ ގިނަ ދުވަސްވީ މެޑިކަލް ސްކޫލަކަށް ނުވުމުގެ ސަބަބުން އެތަނުގެ ޑިގްރީ ބަލައިގަތުމަށް އިނގިރޭސިވިލާތުގައި އެދިފައި ނުވާނެ ކަމަށެވެ. ނަމަވެސް މިހާރު ސްކޫލުން ދަސްވެނިވާ ބައެއް ދަރިވަރުން އިނގިރޭސިވިލާތުގައި މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ޓެސްޓު ހަދަން ބޭނުންވާތީ ޑިގްރީ ބަލައިގަތުމަށް އެދުނީ ކަމަށް ޑރ. ޝީޒާ ވިދާޅުވިއެވެ.
މެލޭޝިއާގެ ޤައުމީ ޔުނިވާސިޓީގެ މަންހަޖަކަށް ރާއްޖެއާއި ގުޅޭ ބައެއް ބަދަލުތައް ގެނެސް އެމްއެންޔޫ ސްކޫލް އޮފް މެޑިސިންއިން ކިޔަވައި ދެމުން އަންނައިރު، ޑރ. ޝީޒާ ވިދާޅުވީ އިނގިރޭސިވިލާތުގެ ޖެނެރަލް މެޑިކަލް ކައުންސިލަށް ދިވެހިރާއްޖޭގެ މެޑިސިން ކޯހާއި ގުޅޭ މައުލޫމާތު ހިއްސާކޮށް އެކަމަށް އެދި ފޯމް ހުށަހެޅުމުން އެކައުންސިލުން ކޯސް ވަޒަން ކުރުމަށް ފަހު އެފަރާތްތަކުން މިނގަނޑަށް ފެތޭ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
ޔޫކޭއިން ރާއްޖޭގެ އެމްބީބީއެސް ސެޓްފިކެޓް ބަލައިގަންނަނަން ނިންމު ނިމުންމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރައްވަމުން ޑރ. ޝީޒާ ވިދާޅުވީ މިއީ ރާއްޖެއިން ކިޔަވާ ދަރިވަރުންނަށް ބޭރު ޤައުމުތަކުގައި ތަޖުރިބާ ހޯދުމަށް ލިބިގެންދިޔަ މުހިންމު އަދި ފާހަގަކޮށްލެވޭފަދަ ކުރިއެރުމެއްކަމަށެވެ.