މި އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތާ ދިމާކޮށް، އުރީދޫ އިން މިއަދު ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ.
އެގޮތުން "އުރީދޫ ފުޓްބޯޅަ ފޯރި" ނަމުގައި ބާއްވާ ކުޑަކުދިންގެ ހަވީރު އޮންނާނީ މިއަދު ހަވީރު 4:00 އިން 6:00 އަށް ސެންޓްރަލް ޕާކުގައެވެ.
އުރީދޫ އިން ބުނީ މިއީ މި އަހަރުގެ ވޯލްޑް ކަޕްގެ ފޯރިގަދަ ކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތުގެ ތެރެއިން އެއް ހަރަކާތް ކަމަށް ކަމަށެވެ.
އަދި މި ހަވީރުގައި ފުޓްބޯޅަ އާ ގުޅޭ އެކި ކަހަލަ ކުޅިވަރުތަކާއި މަޖާ ހަރަކާތްތަކާއި ގޭމްތަކެއް ކުޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އުރީދޫ އިން ހާމަކުރެެއެވެ.
އުރީދޫ އިން ބުނީ ކޮންމެ އުމުރެއްގެ ކުޑަކުއްޖަކަށް ވެސް މި ހަވީރުގައި ބައިވެރިވޭނެ ކަމަށެވެ.
އަދި އާއިލާއާއި ރައްޓެހިންނާ އެކީ މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށްވެސް އުރީދޫ އިން ބުނެފައި ވެއެވެ.
މީގެ އިތުރުން އުރީދޫ އިން "ފުޓުބޯޅަ ފޯރި" ގެ ނަމުގައި ޚާއްޞަ ކެމްޕޭނެއް ވެސް ވަނީ ފަށާފައެވެ.
މިއީ އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަރނެޓް ޚިދުމަތްތައް މެދުވެރިކޮށް، ކަސްޓަމަރުންނަށް ވޯލްޑް ކަޕްގެ ފޯރިގަދަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ކެމްޕޭނެކެވެ.
އުރީދޫ އިން ބުނީ "ފުޓުބޯޅަ ފޯރި" ކެމްޕޭނާއި މީގެ ދަށުން ލިބޭ އޮފާތަކާ ބެހޭ އިތުރު މަޢުލޫމާތު އުރީދޫ އެޕް މެދުވެރިކޮށް ނުވަތަ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.