ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު .498 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
މިކަންހާމަކޮށްފައި ވަނީ ކަސްޓަމްސް އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަތީ އިއްޔެގެ ވަގުތެއްގައި ރާއްޖެ އައި ފަސިންޖަރަކާ މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތަކީ ހަޝިޝް އޮއިލް އެވެ.
ކަސްޓަމްސް އިން ބުނީ އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 8.4 ކިލޯ ހުރި އިރު
އެ މަސްތުވާތަކެތީގެ މަގުމަތީ އަގު 6 މިލިއަން ދިވެހި ރުފިޔާ އަށްވުރެ އިތުރުވާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށާއި، ތަހުގީގު ކުރިއަށް ގެންދިއުމަށް އަތުލައިގަތް ތަކެއްޗާއި އެ ތަކެތި އެތެރެކުރި މީހާ މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ޙަވާލުކޮށްފައެވެ.