ނާތަހްޒީބު ސިފަތައް ދޫކޮށް ސަރުކާރުގެ އެއްވެސް ވަސީލަތެއް ނަހަމަގޮތުގައި ބޭނުން ނުކޮށް ފެންޑާގައި އިންނެވީ މިހާރުގެ ވެރިމީހާ އެކަނި ކަމަށާއި މުޅި އިދިކޮޅު އެއްވެގެންވެސް ހޯއްދުނީ ޑީ ރިޕޯޓެއް ކަމަށް ކެލާ ދާއިރާގެ މެންބަރު އަބްދުاللہ ޝަރީފް ވިދާޅުވެއްޖެއެވެ.

މެންބަރު އަބްދުاللہ ޝަރީފް ވިދާޅުވީ އިއްޔެ ބޭއްވި ބައި-އިލެކްޝަނުން އެނގިގެން ދިޔައީ ވެރިކަމަށް ދައުވާކުރާ ރައީސްކަމަށް ބޫތުކައިފައި ތިބި އެކި ރައީސުންގެ ސައިޒް ކަމަށެވެ. އަދި މާޒީއަށް ބަލާލާއިރު އެމްޑީޕީގެ ވެރިކަމުގަޔާ 2 އިންތިޚާބު ކާމިޔާބުކުރެވުނީ މުޅި ދައުލަތް އެއްކޮށް ލޫޓުވާލައިގެން ކަމަށް މެންބަރު ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހޯއްދެވި ގޮތް މިސާލަކަށް ނަންގަވާ މެންބަރު އަބްދުاللہ ޝަރީފް ވިދާޅުވީ ސޯލިހް ސަރުކާރުގައި ކައިރީގައި ހުރި ރަށްތައް ވެސް ގުޅާލަންބުނެ އާސަންދަ އެންސްޕާގެ ޑެސްކު ދާއިރާގައި ބައިންދައިގެނާއި ސަރުކާރުގެ ކުންފުނިތައްވެސް ލޫޓުވާލައިގެން ކަމަށެވެ. ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިންނަށް ބިރުދައްކާ އެމީހުންގެ ވިޔަފާރިތައްވެސް ބާޓާ ސިސްޓަމަށް ބަދަލުކޮށްގެން ކަމަށް މެންބަރު ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސަރުކާރަށް ލިބެންޖެހޭ އެތަކެއް ފައިސާއެއް ބާޓާސިސްޓަމަށް ބަދަލުކޮށް ފިނޭންސް މިނިސްޓްރީ ބޭނުންކޮއްގެން ދައުލަތުގެ ބަޖެޓު ނަހަމަގޮތުގައި ނެގި ކަމަށެވެ. ނަމަވެސް ރައީސް ޑރ މުޙައްމަދު މުޢިއްޒު ނާތަހްޒީބު ސިފަތައް ދޫކޮށް ސަރުކާރުގެ އެއްވެސް ވަސީލަތެއް ނަހަމަގޮތުގައި ބޭނުން ނުކުރާ ކަމަށް މެންބަރު ވިދާޅުވިއެވެ.

އަދި މިކަމުންވެސް އެނގެނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ޚާއްޞަކޮށް އައްޑޫ ސިޓީގައި ރަައީސް މުޢިއްޒަށް އޮތީ ތާއީދު ކަމަށް މެންބަރު ވިދާޅުވިއެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާ މެންބަރުކަމުގެ ބައި-އިލެކްޝަން، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު(ސޯބެ) ކާމިޔާބު ކުރެއްވުމާއި ކުޅިގެން ކުރައްވާފައިވާ ޕޯސްޓެކެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެދާއިރާގެ ގޮނޑި ކުރިން ތަމްސީލުކުރެއްވި މުހައްމަދު ސިނާން އިސްލާމިކް ބޭންކުން ނެގި 2.5 މިލިއަން ރުފިޔާގެ ދަރަންޏެއް ނުދެއްކުމުގެ ސަބަބުން، މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް މިދިޔަ މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.