އައިޖީއެމްއެޗްގައި މެޑިކަލް އިންޓަންޝިޕް ފުރިހަމަކުރި 10 ވަނަ ބެޗުގެ ދަރިވަރުން ދަސްވެނިވެއްޖެއެވެ.

މިކަން ހާމަކޮށްފައި ވަނީ އައިޖީއެމްއެޗް އިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

އައިޖީއެމްއެޗް އިން އެކްސްގައި ކުރި ޕޯސްޓުގައި ވަނީ ޑޮކްޓަރީކަން ކިޔަވަމުންދިޔަ 23 ދަރިވަރަކު އެ އިންޓާންޝިޕް ފުރިހަމަކޮށްފައިވާކަން ހާމަކޮށްފައެވެ.

މިއީ ފާހަގަކޮށްލެވޭ ފަދަ މުހިންމު ކާމިޔާބީއެއް ކަން ފާހަގަކޮށް އެ އިންޓަންޝިޕް ފުރިހަމަކުރި ހުރިހާ ދަރިވަރުންނަށް އެ ހޮސްޕިޓަލުން ވަނީ މަރުހަބާ ކިޔާފައެވެ.

އެ ހޮސްޕިޓަލުން ވަނީ ދަރިވަރުން އިންޓަންޝިޕްގެ މުއްދަތުގައި ބަލިމީހުންނަށް ފަރުވާ ދިނުމުގައި އަދި މަސައްކަތަށް ބެހެއްޓި ޝައުގުވެރިކަމާއި، ކުރި ބުރަ މަސައްކަތުން ނަމޫނާ ދައްކާފައި ކަމަށް ފާހަގަކޮށްފައެވެ. އެގޮތުން މިއީ އެ ކުދިންގެ މެޑިކަލް ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައިވެސް އެ ހޮސްޕިޓަލުން ސިފަކުރެއެވެ.

ދަސްވެނިވި ދަރިވަރުންނަށް މުސްތަގުބަލުގައި ކާމިޔާބީއަށް އެދެމުން އައިޖީއެމްއެޗް އިން ވަނީ އެ ކުދިންގެ މެޑިކަލް ކެރިއަރުގެ އާ ބާބެއް ފަށާއިރު، ހުރިހާ ކުދިންނަށްވެސް ކާމިޔާބީއަށް އެދިފައެވެ

އަދި އުންމީދަކީ ބަލިމީހުންނަށް ފަރުވާދިނުމުގައާއި، މީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމުގައި އެ ކުދިން ދެމިތިބުން ކަމަށް އެ ހޮސްޕިޓަލުން ކުރި ޕޯސްޓު ނިންމާލަމުން ބުނެފައި ވެއެވެ.